އަބްދުއްރަހީމްގެ ބަހުގެ ހަމަލާއެއް؛ "ވަގުތާއި ހާލަތު ބަދަލުވާނެކަން ދަންނަންޖެހޭ"

އަދަދު

21 އޮކްޓޯބަރު 2025 | އަންގާރަ | 7:55

ކުރިން ސިޔާސީ މިތުރުންގެ ގޮތުގައި ފެނިގެން ދިޔަ ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު ފާޅުކަން ބޮޑު ނުތަނަވަސްކަމުގެ އުފެދިފައި އޮތްއިރު އަބްދުއްރަހީމްގެ ބަހުގެ "ހަމަލާއެއް" ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުވެ، ސިޔާސީ ބާރުވެރިކަން މުއިއްޒު އަށް ފުރިހަމަ ލިބިވަޑައިގަންނަވަން ދެން، "އަޚުންގެ" ގޮތުގައި ފެނިގެން ދިޔަ އެ ދެ ބޭފުޅުން ދުރުވެ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވިޔަސް، ޕާޓީ ހިންގުމުން ވެސް އަބްދުއްރަހީމް ދުރުކޮށް، އެމަނިކުފާނުގެ ދޮށީ ދަރިކަލުން، ޓޫރިޒަމް މިިނިސްޓަރު ފައިސަލް ވެސް އެ މަގާމުން ވަކިކުރި އެވެ.

އެތައް މަހެއްގެ މި ފަދަ ހަލަބޮލި ކަމަށް ފަހު އަބްދުއްރަހީމްގެ އުފަން ރަށް، ލ. ފޮނަދޫ އަށް މުއިއްޒު ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި މުއިއްޒަށް ތައުރީފު ރައްދު ކުރެއްވި ނަމަވެސް، އަބްދުއްރަހީމް ދޫކޮށްލެއްވީ ފުން މާނަތަކެއް އެކުލެވޭ ބަސްތަކެކެވެ.

މައުޟޫޢުތަށް