އެމްއޭސީއެލްއާ ތަރައްގީ ކުރަން ރޭ ހަވާލުކުރި ކައްދޫ އެއާޕޯޓު މިދިޔަ އަހަރު ޗައިނާ ކުންފުންޏަކާ ވެސް ހަވާލުކުރި

އަދަދު

21 އޮކްޓޯބަރު 2025 | އަންގާރަ | 10:11

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ސަރުކާރުން ހަވާލުކުރީ ރޭ ފޮނަދޫ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގަ އެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ފޮނަދޫއަށް ބޭނުންވާ ބިން ހިއްކުން ހިމެނޭ ކަމަށް ރޭ މުއިއްޒު ވިދާޅުވި އެވެ. މިއީ ވެރިކަމުގައި އެމަނިކުފާނު ފޮނަދޫއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ފުރަތަމަ ދަތުރު ކުރެއްވީ މަޖިލިސް އިންތިހާބާއި ދިމާކޮށް އެޕްރީލް 2024 ގަ އެވެ.

ރައީސް އޮފީހުގެ އެކްސް އެކައުންޓުގެ ޕޯސްޓުތަކާއި ވެބްސައިޓުގައި ހުރި ހަބަރުތަކުން ފެންނަ ގޮތުގައި އެޕްރީލް 11، 2024، ގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި ހަމަ މި މަޝްރޫއުގެ ފަހުމުނާމާ އެއްގައި ސޮއިކުރި އެވެ. އެފަހަރު މަޝްރޫއު ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ އެވެ.

މައުޟޫޢުތަށް