ކޯޓުން ދޫކޮށްލުމުން "ޑްރަގް ބޮޑު" ފުރައިގެންދިޔައީ ލަންކާއަށް، އެތެރެވިޔަނުދީ ރާއްޖެ ފޮނުވާލުމުން ހައްޔަރުކޮށްފި
އަދަދު
21 އޮކްޓޯބަރު 2025 | އަންގާރަ | 11:58
ފުލުހުން އަމަލުކުރި ގޮތުން މަސްތުވާތަކެތި ވިޔަފާރިކުރާ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ސްރީލަންކާއަށް ފުރައިގެންދިޔުމުން އެ ގައުމަށް އެތެރެވިޔަނުދީ ރާއްޖެ ފޮނުވާލުމުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ލަންކާއަށް އެތެރެވިޔަނުދީ އަނބުރާ ރާއްޖެ ފޮނުވާލުމުން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41 އެވެ. އޭނާ ލަންކާއަށް ފުރިކަން އެނގުނީ އިތުރު އަމުރެއްގެ ދަށުން ހައްޔަރުކުރަން ބެލިއިރެވެ.
އަލީ އަންވަރު އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 11، ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަސް ޖެހި ނަމަވެސް، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އޮކްޓޯބަރު 18، ގައި ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.