މި ސަރުކާރަކީ ރައްޔިތުންނަށް ޖެހިފައި އޮތް މުސީބާތެއް، މިކަމުން ސަލާމަތްވާންވެއްޖެ: ގަފޫރު
އަދަދު
21 އޮކްޓޯބަރު 2025 | އަންގާރަ | 11:50
މި ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރުވީއިރު ރައްޔިތަކަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި މި ވެރިކަމަކީ މުސީބާތެއް ކަމަށް ސިފަކުރައްވައި މިކަމުން ސަލާމާތްވާންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އެސްއީޒެޑް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ މި ސަރުކާރު ގެނެވުމަކީ ހެދުނު ގޯހެއްކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. މި ވެރިކަމުގައި ރައްޔިތަކަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށާއި މި ވެރިކަމަކީ ރައްޔިތުންނަށް އަނިޔާއަކަށްވެފައިވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.
"އެއްކަމެއް ވެސް ނުވޭ، މުޅިންވެސް ރައްޔިތުންނަށް ތަކުލީފު އޮތީ، ރައްޔިތުންނަށް އޮތީ އަނިޔާވެރިކަން، މި ސަރުކާރަކީ އަނިޔާއަކަށް ރައްޔިތުންނަށް ވެއްޖެ މިހާރު، މިކަމުން ސަލާމަތް ވާންވެއްޖެ، މިއީ ބޮޑު މުސީބާތެއް ރައްޔިތުންނަށް ޖެހިފައި އޮތް،" ގަފޫރު ވިދާޅުވި އެވެ.