ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަނުކޮށްފި
އަދަދު
21 އޮކްޓޯބަރު 2025 | އަންގާރަ | 1:46
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ ތިން މެންބަރުން، އައްޔަނުކުރަން މިއަދު ފާސްކޮށްފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރަން ވޯޓަށް އެހީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އަށެވެ.
އެ ތިން މީހުން ވެސް އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކު އެވެ. އެ މީހުން އެ ކޮމިޝަނަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.