އޮކްޓޫބަރު 3، ގައި މުޒާހަރާކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ޒާޔާ ފުލުހަށް ހާޒިރުވާން އަންގައިފި
އަދަދު
21 އޮކްޓޯބަރު 2025 | އަންގާރަ | 3:01
އޮކްޓޫބަރު 3، ގައި މާލޭގައި މުޒާހަރާކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ޒާޔާއަށް ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ މާދަމާގެ ހެނދުނު 11:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރު ކުރަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ސީސީޓީވީ ފުޓޭޖް ކޮމްޕެރިސަން ސާމްޕަލް ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށާއި އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށެވެ.
ޒާޔާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމާއި އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ.