އެޗްޑީސީއަށް ނުލިބި އޮތް 10 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ސަރުކާރުގެ ދަރަނި

އަދަދު

21 އޮކްޓޯބަރު 2025 | އަންގާރަ | 7:40

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ނުލިބި ހުރި 10.6 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ދިން މައުލޫމާތު ތަކުން ހާމަވެއްޖެ އެވެ.

އެޗްޑީސީގެ ދަރަނީގެ ހިސާބުތަކުގެ އަދާހަމަ ހިއްސާކުރީ އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން ހުށަހެޅި ކަންކަމާމެދު އަމަލުކޮށްފައިވާ ގޮތް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދަކީ 10،616،836،889 ރުފިޔާ އެވެ. މީގެ ތެރެއިން ހަތް ބިލިއަނަށްވުރެ ގިނަ ފައިސާ އަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ނުދައްކާ ހުރި ފައިސާ އެވެ.

މައުޟޫޢުތަށް