ތެލެސީމިއާ އެލަވަންސާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރުން ބަޖެޓުގައި ހިމަނާނެ ކަމަށް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ

އަދަދު

21 އޮކްޓޯބަރު 2025 | އަންގާރަ | 11:16

ތެލެސީމިއާ ހުންނަ ކުދިންނަށް ސަރުކާރުން މި އަހަރު ދޭން ފަށާނެ ކަމަށް ބުނި އެލަވަންސާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ދޭން ވައުދުވި އެލަވަންސް ދޭން ފެށުމަށާއި އެކަނިވެރި ބެލެނިވެރިންނަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމާފައިވަނީ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ.

"މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖެނުއަރީ މަހުން ފެށިގެން. ސިންގަލް ޕޭރެންޓު އެލަވަންސް. އެކަނިވެރި މައިންނަށް ދޭ އެލަވަންސް. ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑުވެގެންދާނެ. މިގޮތަށް މި ފައިސާ ލިބެންޖެހޭ 5،87 ފަރާތެއް އެބަތިބި،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް