ޝަހީމް ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލިސް ހޫނުވެއްޖެ
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 9:32
މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު އޮޅުންފިލުވަން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެއްޖެ އެވެ.
ހިތަދޫގައި އަޅާ އިސްލާމީ މަރުކަޒާ ގުޅޭގޮތުން މިނިސްޓަރު ޝަހީމްއާ ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް އެވެ. އޭނާ ސުވާލު ކުރެއްވީ އެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައި ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނާޒިލް އެދުނީ އެކަމުގެ ހަގީގަތް ސާފުކޮށް ދިނުމަށެވެ.
ނާޒިލްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކައަކީ މުޅީން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.