މަޖިލިސް ހޫނުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފްގެ ނަން އިއްވައި ބޭރުކޮށްފި

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 9:59

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.

ޝަހީމްއާ ސުވާލު ކުރީ މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވާ ކަމަށާއި އެއީ ހަގީގަތެއްތޯ އެވެ. އެ ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް އެވެ.

އެ ސުވާލަށް ރުންކުރުކޮށް ޝަހީމް ޖަވާބުދެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެ، އަޑުގަދަކުރަން ފެށުމުން ރިޔާސަތުން ވަނީ މަޖިލީހުގެ ބައެއް މެންބަރުންނަށް ނަސޭހަތްތެރިވެފަ އެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު އާއި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއަށް ރިޔާސަތުން ނަސޭހަތްތެރިވި އެވެ.

މައުޟޫޢުތަށް