ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދެ ހުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށްބުނެ ޝަހީމް ހެއްދެވީ ދޮގެއް: ޒާހިރު

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 4:15

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތައްޔާރުކުރި ދެ ހުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށް ބުނެ އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މަޖިލީހުގައި ހެއްދެވީ ބޮޑު ދޮގެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރިބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ދެ ހުތުބާ ކިޔަން ޝެޑިއުލް ކޮށްފައި އޮއްވައި ނުކިޔައި ފޮރުވާފައި އޮތް ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ދެ ހުތުބާއެއް އޮތް ފޮރުވާފައި، ދެ ހުތުބާއެއް ފޮރުވާފައި އޮތް، އެއް ހުތުބާއަކީ ރިބާގެ ހުތުބާ އަނެއް ހުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ހުތުބާ، މީގެ ތެރެއިން އެއް ހުތުބާ ލިޔުއްވާ އުސްތާޒް އިބްރާހިމް ރަޝީދު މޫސާ އަނެއް ހުތުބާ ލިޔުއްވި ބޭފުޅެއް އަޅުގަނޑު މިވަގުތު ސީދާ ހަނދާނެއް ނެތް،" ޝަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް