ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުން ރަނގަޅު: ޝަހީމް

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 11:01

ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ރަނގަޅު ކަމަށާއި ހަލާލު ޓޫރިޒަމަކީ ކުޑަދޮރުން ބޭރު ބަލާއިރު، ބިކިނީ ފެންނަ ޓޫރިޒަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދައްކާ ފައިސާ އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓު ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް އިންވެސްޓު ކުރާ ފައިސާ ހަލާލް ޓޫރިޒަމަށް އިންވެސްޓު ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ހައްޖު ކޯޕަރޭޝަނުން ގާއިމުކުރާ އިންވެސްޓުމެންޓުތަކަކީ އެއްވެސް ޝުބުހައެއް ނެތް އިންވެސްޓުމެންޓުތަކަކަށް ވާންޖެހޭނެ، އެހެނީ ހައްޖުގެ އަޅުކަމަކީ ނުހަނު މަތިވެރި އަޅުކަމަކަށްވުން، އެ އަޅުކަން ހޭދަކުރާ ފައިސާއަކީ ފުރިހަމަ ތާހިރު އެއްޗަކަށް ވާންޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް