ކޮންޓްރޯލް ކޮމިޝަނުގެ ރައީސް ހޮވަން ހަތް މެންބަރުންނާއެކު އިންޓަވިއު ބާއްވައި އަންނަ ހަފުތާ ގޮތެއް ނިންމަނީ

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 12:43

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސް އައްޔަން ކުރުމަށް އެ ކޮމިޝަނުގެ ހަތް މެންބަރުންނާއި އަލުން އިންޓަވިއުކޮށް އަންނަ ހަފުތާގެ ތެރޭ ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސަކު އައްޔަންކުރުމަށް މިގޮތަށް އަމަލުކުރަން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އަލަށް ފާސްކުރި ގާނޫނު ބުނާގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރާނީ މަޖިލީހުންނެވެ.

ކޮމިޝަނުގެ ނައިބު ރައީސް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާއިރު، ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެ އެވެ.

މައުޟޫޢުތަށް