އެމްއެންޑީއެފް އަށް އަލަށް ގެނައީ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯންތަކެއް، ޓެސްޓުތައް މިއަދު ފަށައިފި
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 12:42
ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް މިދިޔަ އަހަރު ގެނައި ޑްރޯންތަކުގެ އިތުރުން، ދައުލަތުން ބޮޑު ހަރަދުކޮށްގެން މިފަހަރު ގެނައީ ކުރިން ވެސް ގެނައި ބައިރަކްތާރު ޓީބީ-2 ގެ ޑްރޯންތަކެއް ކަން ކަށަވަރުވެއްޖެ އެވެ.
މީގެ ކުރިން މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ނަމަވެސް، މިހާރު ކަށަވަރުވެފައިވާ ގޮތުގައި އެމްއެންޑީއެފް އިން ގެނެސްފައިވަނީ ޓީބީ-2 މަރުކާގެ ތިން ޑްރޯން އެވެ.
މި ޑްރޯންތައް ގެނައީ އޮކްޓޯބަރު 15، އަދި އޮކްޓޯބަރު 17، ގެ ރޭ ވަކަވަކިން ގެނައި ތިން ޝިޕްމެންޓެއްގަ އެވެ.