ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 1:16
ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް 11 ވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އެޕާޓްމަންޓުގެ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓު ޝޯޓުވެގެން ކަމަށެވެ.
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.