ދިވެހިންނާ އިނދެގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 1:33

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި މަޖިލީހުގެ މެންބަރުންނަށް ފެންނަ ގޮތެއް ބެލުމަށް އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ބިދޭސީއަކަށް ދިވެހި ރައްޔިތަކަށް ވެވެނީ ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމައިން ކަމަށް ވާތީ ދިވެހީންނާ ކައިވެނިކޮށްގެން އެތައް އަހަރެއް ވޭތު ކޮށްފައިވާ މީހުންނަށް ވެސް އާސަންދައިގެ ހިދުމަތް ލިބުން ފަދަ ކަންކަމުން މަހުރޫމްވެފައިވާ ކަމަށެވެ.

މައުޟޫޢުތަށް