ފަލާހުގެ މައިކު ޝަމްހީދު ހަލާކުކޮށްލި ކަމަށް ބުނެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވައިފި

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 1:53

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މަޖިލީހުގައި މިއަދު ރުންކުރުކޮށް ޖަވާބުދެއްވުމުން ތަޅުން ހޫނުވި ވަގުތު އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހުގެ މައިކު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ހަލާކުކޮށްލި ކަމަށްބުނެ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ފަލާހުގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުންނަ މައިކު ބަދަލު ކުރުމަށްދާ ހަރަދު އެކަމުގައި ޒިންމާވާންޖެހޭ މީހަކު ދައްކަވަންޖެހޭނެ ކަމަށެވެ.

"އިނގުރައިދޫ ދާއިރާގެ މެންބަރުގެ މޭޒުކޮޅުގައި ހަރުކުރެވިފައިވާ މައިކު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދުއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އެ މައިކު ވަނީ ހަލާކުވެފައި، އެހެންވީމާ އެ މައިކު ރިޕްލޭސް ކުރަންޖެހޭތީ އެކަމުގެ އަގު ޖެހޭނެ އެކަން ހިނގައިދިޔަ ގޮތެއް ބަލާފައި ދައްކަވަން، އެހެންވީމާ އެ މައްސަލަ އަޅުގަނޑު ސުލޫކާ ބެހޭ ކޮމިޓީއަށް މި ފޮނުވަނީ،" ނާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް