މުއިއްޒުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުން އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކޮށްފި
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 2:44
ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމަށް، މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) ގެ މެންޑޭޓުގައި ނުވެސް ހިމެނޭ މަސައްކަތްތައް އެ ކުންފުންޏާ ހަވާލު ކުރަމުންދާ ދިޔުމާ ދެކޮޅު ހެދުމުން މުހައްމަދު ރިޔާޒު ބޯޑުން ވަކިކޮށްފި އެވެ.
ރިޔާޒު، އެމްއޭސީއެލްގެ ބޯޑުން ވަކިކުރިކަން އަންގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޭނާއަށް ސިޓީ ފޮނުވީ އޮކްޓޯބަރު 18، ގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ވަކިކުރަން ނިންމީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްއޭސީއެލްގެ މެންޑޭޓާއި ކަނޑައެޅިގެން ދެކޮޅު މަޝްރޫއުތަކާއި ހަވާލުވުމާއި ދެކޮޅު ހެދުމުންނެވެ. އެގޮތުން ބިން ހިއްކުމަށް އެމްއޭސީއެލް އިން ވަކި ކުންފުންޏެއް ހަދައި އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު އިންވެސްޓް ކުރުމާއި ރިޔާޒު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.