ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއްނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ގަރާރެއް ހުށަހަޅައިފި
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 8:06
ފްލެޓުތަކާއި ގޯތިތައް ހަވާލު ކުރުން ލަސްވަމުންދާ ދިޔުމާއި މިދިޔަ ސަރުކާރުން ހިއްކަން ފެށި ފަޅުތަކުގެ މަސައްކަތް ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުވަމުންދާ ދިޔުމަށް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ. މިއަދުގެ ޖަލްސާގައި ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޭން ނިންމި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެެރިންނަށް ހަވާލު ކުރުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.