މުއިއްޒު ވެރިކަމަށް ނުގެނައިނަމަ 200،000 މީހުންނަށް ބޯހިޔާވަހިކަން މިހާރު އޮންނާނީ ކަށަވަރުވެފައި: މައުރޫފް
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 7:36
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ނައިނަމަ 200،000 ރައްޔިތުންގެ ބޯހިޔާވަހިކަން މިހާރު އޮތީހީ ކަށަވަރުވެފައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީން ވައުދުވީ 7000 މީހުންނަށް ފްލެޓު ހޯދައިދިނުމަށް ކަމަށެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ވެސް 11،000 މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިން ކަމަށް މައުރޫފް ވިދާޅުވި އެވެ.
އޭގެއިތުރުން މިދިޔަ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިންކަން ވެސް މައުރޫފް ފާހަގަކުރެއްވި އެވެ. އެކަން ކުރުމަށްޓަކައި މާލެ ސަރަހައްދުން ގިރާވަރު ފަޅާއި ގުޅީފަޅުގެ އިތުރުން ހުޅުމާލޭ ފަޅު ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ ސަރުކާރުން ފެށިކަން އޭނާ ފާހަގަކުރެއްވި އެވެ.