އައްޑޫ ދެމަފިރިންގެ މަރު: މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުނެފި

އަދަދު

22 އޮކްޓޯބަރު 2025 | ބުދަ | 6:59

އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ދެމަފިރިންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަދަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވީ އިބްރާހިމް އަބްދުالله، ކްރޭންގެ، ސ. ހިތަދޫ އާއި ފަރުހަނާޒް ރަޝީދު، ނާރެސް، ސ. މަރަދޫ އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑު ފެނުނީ ހިތަދޫގައި އަލަށް ހަދަމުންދިޔަ ގެއަކުންނެވެ. އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ އެ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ.

މައުޟޫޢުތަށް