މިނިސްޓަރެއްގެ ހައިސިއްޔަތުން ހާޒިރުވެ އެކްޓިވިސްޓެއް ގޮތަށް ޝަހީމް ވާހަކަ ދެއްކެވުމަކީ ހަޑިހުތުރުކަމެއް: ގަފޫރު
އަދަދު
22 އޮކްޓޯބަރު 2025 | ބުދަ | 7:48
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މަޖިލީހަށް ވަޑައިގެން، ޖަވާބު ދެއްވީ މިނިސްޓަރަކު އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށްވުރެ ހަޑިހުތުރުކޮށް ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ޝަހީމްއަކީ އޭނާ ވަރަށް އިހުތިރާމު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި މިއަދު ޝަހީމް އަމަލު ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ގަފޫރު ވިދާޅުވި އެވެ.
"މަގާމުގެ ހައިސިއްޔަތުން ގާނޫނީ ޒިންމާއެއް އަދާކުރަން މިނިސްޓަރު ވަޑައިގެން، މިނިސްޓަރަކަށް ޕީއެންސީގެ އެކްޓިވިސްޓެއް ގޮތަކަށް މެންބަރުންނަށް ޖަވާބު ދިނުމަކީ އެއީ މިނިސްޓަރެެއްގެ ގޮތުން ބަލާއިރު ކުޑަކޮށް ހަޑިހުތުރުކަމެއް،" ގަފޫރު ވިދާޅުވި އެވެ.