ހުލާސާކޮށް އިއްޔެ: ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ހޯދަނީ ގާނޫނު ފޫއަޅުވާލައިގެން، އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު

އަދަދު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:10

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު ކަމަށް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދިނުމަށް އަހުމަދު ސަރުވަޝް އާދަމް އިއްޔެ ހުށަހެޅި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

"މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި އޭގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފެދޭ، ރާއްޖޭގެ އިޤްތިސާދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާ މުއާމަލާތެއް،" ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވި އެވެ.

މައުޟޫޢުތަށް