ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ އެކަން ތަކުރާރުކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:08
ކުރީގެ ސަރުކާރުތަކުން ނުރަނގަޅު ކަމެއް ހިންގާފައި އޮތުމަކީ ދެން އަންނަ ސަރުކާރުތަކުން އެކަން ތަކުރާރުކުރަން ލިބޭ ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުން ފައިސާ ޗާޕުކުރަނީ ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި 2.3 ބިލިއަން ރުފިޔާގެ ބިލުތައް ދެއްކުމަށެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ސަރުކާރުން ދޭ ރައްދަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ފައިސާ ޗާޕުކުރި ވާހަކަ އެވެ.