ނަސްރުގެ ދުވަހާ ގުޅިގެން ނޮވެމްބަރު 2، ގައި ސަރުކާރު ބަންދުކޮށް ހަތަރު ދުވަހުގެ ބަންދެއް ދެނީ
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:09
މި އަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް ނޮވެމްބަރު 2، ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދުވަސް ބަންދުކުރަން މުއިއްޒު ނިންމެވީ ނަސްރުގެ ދުވަސް ކަމުން ނޮވެމްބަރު 3، ވާ ހޯމަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ބަންދު ދުވަސްތަކަށް ހުއްޓުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ގޮތުން ކަމަށެވެ.
ނަސްރުގެ ދުވަހާއި މިނިވަން ދުވަސް އަދި ޖުމްހުރީ ދުވަހާއި އީދުތަކާއި ގުޅިގެން ޖެހިގެން އަންނަ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި އާންމުކޮށް ރައީސުން ކަނޑައަޅަ އެވެ. ސަބަބެއްގެ ގޮތުގައި ދައްކަވަނީ ސަރުކާރުގެ މުވައްޒަފުންނަށް ދިގު ޗުއްޓީއެއް ދިނުމެވެ.