ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:36
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އައްޔަނުކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ފަރުޝަތު އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުން ނިންމީ މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޮންޓްރޯލް ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއު ކުރުމަށްފަހު އެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގައި ބަޔާން ކޮށްފައިވާގޮތުން އެ ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.