ވަށަފަރުގައި ބެހެއްޓި ގާޒާ ފަންޑުން ފައިސާ މަދުވި މައްސަލައެއް ތަހުގީގު ކުރަނީ
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:08
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހއ. ވަށަފަރުގައި މިދިޔަ އަހަރު ބެހެއްޓި ފަންޑު ފޮށިން ފައިސާ މަދުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ފަންޑު ފޮށިން ފައިސާ މަދުވި މައްސަލަ ބަލައިދިނުމަށް އެދި ވަށަފަރު ކައުންސިލުން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު 14، ވަނަ ދުވަހު ސިޓީއަކުން ކަމަށެވެ.
"2024 ވަނަ އަހަރު ބޭއްވި ފަންޑް ރައިޒިން އިވެންޓެއްގައި ބެހެއްޓި ފަންްޑު ފޮއްޓެއްގައި ހުރި ފައިސާ މަދުވެފައިވާ ކަމަށް ބެލެވޭ މައްސަލައެއް 2025 ސެޕްޓެމްބަރު 14 ވަނަ ދުވަހު ވަށަފަރު ކައުންސިލްގެ ފަރާތުން ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވޭ،" ފުލުހުން ބުންޏެވެ.