ދަރިޔަކު ނެތީސް ދަރިންނަށް އިހުމާލުވަނީ ކަމަށް ބުނެ މިނިސްޓްރީން ރާޅު މަރިޔަނބުގެ ގެއަށް!

އަދަދު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:35

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) ގެ ދަރިއެއް ނުހުންނަނީސް އޭނާ ދަރިއަކަށް އިހުމާލުވަމުންދާ ކަމަށް ތުހުމަތުކޮށް އެ ދަރިފުޅު ނެގުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން އޭނާގެ ގެއަށް ގޮސްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ފަރުވާކުޑަކަން ހާމަވެގެންދިޔަ މި ހާދިސާ ހިނގީ މިއަދުގެ ވަގުތެއްގަ އެވެ. ރާޅު މަރިޔަނބު ވަނީ އެ ވާހަކަތައް އެކްސްގައި ހިއްސާކޮށްފަ އެވެ.

އެގޮތުން، އޭނާގެ ދައްތައަށް މިއަދު އެ މިނިސްޓްރީން ގުޅި ކަމަށާއި އެއަށް ފަހު އޭނާގެ ދެ އަހަރުގެ ދަރިއަކު ހުންނަ ކަމަށް ބުނެފައިވާ ކަމަށް ރާޅު މަރިޔަނބު ލިޔެފައިވެ އެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް މީހަކު ކޮށްފައިވާ ރިޕޯޓަކަށް ބަލައި ދަރިފުޅު ނަގަން ބޭނުންވާ ކަމަށް މިނިސްޓްރީން ރާޅު މަރިޔަނބުގެ ދައްތަ ކައިރީގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް