ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް: އަލީ ހުސެއިން
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:47
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
އެއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ބުނަމުންދަނިކޮށް އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަނީ ހިންޏަށް ހަކުރު އޮޅުވާލަން އުޅޭ ކަހަލަ ގޮތަކަށް ކަމަށެވެ.