ޕާކިސްތާނު އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި

އަދަދު

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:48

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ޖެނެރަލް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ ރާއްޖެ ވަޑައިގެންފި އެވެ.

އޭނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ކަމަށް މައުލޫމާތު ލިބެ އެވެ. މި ދަތުރުގެ ތެރެއިން ޒާހިރު މިއަދު ވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާ ބައްދަލުކުރައްވައިފަ އެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޖެނެރަލްގެ މި ބައްދަލުވުމުގައި އޭނާގެ އިތުރުން، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާގެ އިތުރުން ވެސް ޕާކިސްތާނުގެ އަސްކަރިއްޔާގެ ބައެއް އިސް އޮފިސަރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މައުޟޫޢުތަށް