ސިނގިރޭޓު ވައްކަން: ހުޅުމާލެ ބަނދަރުން ކޮންޓެއިނަރުތައް ގެންދިޔަ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:00
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ ދެ ކޮންޓެއިނަރު ވަގަށް ނެގުމަށްފަހު އެހެން ތަނަކަށް ކޮންޓެއިނަރުތައް ގެންދިޔުމަށް ބޭނުން ކުރި ދޯނީގެ ކެޕްޓަން ފުލުހުން ހައްޔަރުކޮށްފި އެވެ.
ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު، 54، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް ވަނީ ޖަހައިފަ އެވެ.
އާދަމް ވަހީދު ހަތް ދުވަހަށް ބަންދުކުރަން ކުރި އަމުރުގައި އޭނާއަކީ އެ ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އޭނާގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށް ބުނެފައިވެ އެވެ. މިއީ މި މައްސަލާގައި ހައްޔަރުކުރި ހަ ވަނަ މީހާ އެވެ.