ކްރޫޑް އޮއިލް ބަރުކޮށްފައިވާ ބޮޑު ޓޭންކަރެއް މާލެ ކައިރި ބަނދަރުކޮށްފި
އަދަދު
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:48
ރާއްޖޭގައި އެއްވެސް ވަރަކަށް ބޭނުންނުކުރާ ސާފުނުކުރާ ތެޔޮ، ނުވަތަ ކްރޫޑް އޮއިލް ބަރުކޮށްފައިވާ ބޮޑު ޓޭންކަރެއް ރާއްޖެ އައިސް މާލެ ސަރަހައްދުގައި ބަނދަރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެ އައިސް ބަނދަރުކޮށްފައިވަނީ މިވަގުތު ކޮމޮރޮސްގެ ދިދައިގެ ދަށުގައި ދުއްވާ "ފުންހުއާން" ނަމަކަށް ކިޔާ 100،000 ޓަނުގެ ސާފުނުކުރާ ތެޔޮ އުފުލޭ ޓޭންކަރެކެވެ. އެ ޓޭންކަރު މިވަގުތު އޮތީ ބަނޑޮސް ރިސޯޓުގެ އިރު އުތުރުން މޭލެއްހާ ދުރުގައި ބަނދަރުކޮށްގެންނެވެ.
އެ ސަރަހައްދުގައި ބޯޓު އޮންނަތާ މިހާރު ތިން ދުވަސް ވެއްޖެ އެވެ. މި ޓޭންކަރު ރާއްޖެ އައީ މީގެ މަހެއްހާ ދުވަސް ކުރިން ޔޫއޭއީގެ ބަނދަރަކުން ފުރައިގެންނެވެ.