މި ސަރަހައްދުގައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

އަދަދު

24 އޮކްޓޯބަރު 2025 | ހުކުރު | 2:06

ސައުތު އޭޝިއާ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ ކަމަށް ބަންގްލަދޭޝްގެ ނޫހަކުން އެއްކުރި މައުލޫމާތުން ދައްކައިފި އެވެ.

ފައިނޭންޝަލް ހަބަރުތަކާއި ތަފާސްހިސާބުތައް އަދި އެނެލެސިސް ގެނެސްދޭ "ފިންޓެކްސް ނިއުސް ބީޑީ" އިން ނެރުނު މި ތަފާސްހިސާބުތައް ބިނާކޮށްފައިވަނީ ރަސްމީ ނަމްބަރުތަކާއި ދިރިއުޅުމުގެ ހާލަތާއި އަގުތައް ވަޒަންކުރާ ނަމްބިއޯގެ ހިސާބުތަކަށް ބިނާކޮށެވެ.

އެގޮތުން، އެޕާޓްމަންޓު، ފުލެޓު ނުވަތަ ގޭގެ ކުލި ނުހިމަނާ މަހެއްގެ މައްޗަށް ދިވެއްސެއްގެ ދިރިއުޅުމުގެ ހަރަދަށް އެވްރެޖްކޮށް 840 ޑޮލަރު ނުވަތަ ބޭންކް ރޭޓުން ބަލާނަމަ 12،952ރ. ހަރަދުވެ އެވެ. ރާއްޖޭގެ ޑޮލަރުގެ އަގުތަކަށް އެއް ހަމަ ކުރާނަމަ 840 ޑޮލަރަކީ 16،800ރ. އެވެ.

މައުޟޫޢުތަށް