ކޮލަމާފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ދިޔަ ބަޔަކު ހައްޔަރުކޮށްފި

އަދަދު

24 އޮކްޓޯބަރު 2025 | ހުކުރު | 10:24

ގއ. ކޮލަމާފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ދިޔަ އެ ރަށު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އިއްޔެ މިފަދަ އޮޕަރޭޝަނެއް ހިންގީ ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ކައުސަރު، ހަސަން ރައްޔާން، 26، ގއ. ކޮލަމާފުށި، އިސްމާއިލް ހާޒިމް ހަބީބު، 22، ގއ. ކޮލަމާފުށި، ޝަބްނަމްގެ، އަލީ ޖަނާހު ޖައުފަރު، 25، އާއި ގއ. ކޮލަމާފުށި، ލީނާ މަންޒިލް، އިބްރާހިމް އަޒާން މުހައްމަދު، 19 އެވެ.

މައުޟޫޢުތަށް