ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިން މުއިއްޒުއާ ބައްދަލުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
އަދަދު
24 އޮކްޓޯބަރު 2025 | ހުކުރު | 9:53
ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ޖެނެރަލް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ, ރައީސް މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިރްޒާ އަދި ޕާކިސްތާނުގެ އިސްވެރިން މުއިއްޒު އާއި ބައްދަލުކުރެއްވީ އިއްޔެ ހެދުނު ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ގައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މިރްޒާ ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. މި ދަތުރުގެ ތެރެއިން ޒާހިރު އިއްޔެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާ ބައްދަލުކުރައްވައިފަ އެވެ. މުއިއްޒު އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ގައްސާން ބައިވެރިވި އެވެ.