މާލެއިން ނޭޕާލުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ
އަދަދު
24 އޮކްޓޯބަރު 2025 | ހުކުރު | 9:50
މާލޭގައި ދިރިއުޅޭ ނޭޕާލުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެ، އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.
ގެއްލިގެން ހޯދަނީ ޕޫރްނީމާ ގަޖްމާ، 19، ނަމަކަށް ކިޔާ މީހެކެވެ.
އޭނާ އެންމެ ފަހުން ފެނުނީ އޮކްޓޯބަރު 21، ގެ 2:00 ގައި ކަމަށް ބުނެ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ އިރުއޮއްސި 6:56 ހާއިރު ކަމަށް ފުލުހުން މިރޭ ބުނެފައިވެ އެވެ.