ހުލާސާކޮށް އިއްޔެ: ފައިސާ ޗާޕްކުރަނީ މުސާރަ ދެވޭވަރު ވެސް ނެތިގެން
އަދަދު
25 އޮކްޓޯބަރު 2025 | ހޮނިހިރު | 5:42
ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއަށް ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހަށް ބޮންޑެއް ވިއްކައިގެން ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ ދައުލަތުގެ އަދި އެސްއޯއީތަކުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ވެސް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މި ފައިސާ ބޭނުންކުރާނީ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ގަބޫލުނުކުރެވޭ ކަމަށެވެ. ދައުލަތުން މިހާރު އެސްއޯއީ ތަކަށާއި އަމިއްލަ ކުންފުނިތަކަށް 30 ބިލިއަނެއްހާ ރުފިޔާ ދަރާފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ކޮންޓްރެކްޓަރުންނަށް ދަންކަން ޖެހޭ ފައިސާ ދައްކާށޭ ކިޔާފަކާއެއް 2.5 ބިލިއަން. 2،500 މިލިއަން ޗާޕުކޮށްގެންނެއް އެޔަކުންނެއް ނުވާނެ. އެ ނުވެ ހުވަނދަކަށް ވެސް. އަޅުގަނޑު ދެންމެ މި ދެންނެވީ ބައެއް ހިސާބުތައް ހުރި ގޮތް އިނގޭތޯ. އެހެންވީމަ އެކަމެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.