ހިދުމަތް ދޭން ނުފެށެނީސް ޑިވެލޮޕްމަންޓް ބޭންކަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފި
އަދަދު
25 އޮކްޓޯބަރު 2025 | ހޮނިހިރު | 10:38
އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހުޅުވައިދެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުން ހިދުމަތް ދޭން ނުފެށެނީސް މި އަހަރުގެ އޯގަސްޓު މަހާ ހަމައަށް އެތަނަށް 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޑީބީއެމްއަށް ކުރި ހަރަދު ހޯދުމަށް މި ނޫހުން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ މި އަހަރުގެ އޯގަސްޓު މަހުގެ ނިިޔަލަށް އެ ބޭންކަށް 11،998،267ރ. ހަރަދު ކޮށްފައިވާ ކަމަށެވެ.
މި ނޫހުން އެދުނީ ޑީބީއެމްއަށް ސަރުކާރުން ކުރި ހަރަދުގެ ތަފުސީލު ހޯދުމަށެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ އެ ބޭންކަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފައްދާފައިވާ ވަކި ގާނޫނީ ޝަހުސަކަށް ވާތީ އެތަނަށް ކުރި ހަރަދުގެ ވަކިވަކި ތަފުސީލު ހާމަ ނުކުރެވޭނެ ކަމަށެވެ.