އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމުކުރަން ފެނޭތޯ ބަލަން ނަގާ ވޯޓަށް ތަރުހީބެއް ނެތް!

އަދަދު

25 އޮކްޓޯބަރު 2025 | ހޮނިހިރު | 11:54

އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރަން ފެނޭތޯ ބަލަން ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ފެށިތާ ތިން ގަޑިއިރުވީއިރު ވޯޓުލީ އެންމެ 12 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ އާއި މީދޫ އަދި ހުޅުދޫ ވަކިވާން ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 ޖަހަންދެނެވެ. މިއަދުގެ 11:00 އާ ހަމައަށް ވޯޓުލީ ޖުމުލަ މީހުންގެ އަދަދަކީ 1189 މީހުންނެވެ. އެއީ 534 އަންހެނުންނާއި 655 ފިރިހެނުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 9576 އެވެ.

ވޯޓުލުން ކުރިއަށް ދަނީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.

މައުޟޫޢުތަށް