ފޭދޫ ރައްޔިތުން ވޯޓު ދިނީ އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮންނަން

އަދަދު

25 އޮކްޓޯބަރު 2025 | ހޮނިހިރު | 5:22

އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ކައުންސިލުން ފޭދޫ ވަކިކޮށް އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށް ވޯޓުގައި ބައިވެރިވި އެ ރަށުގެ ގިނަ ރައްޔިތުން ވޯޓު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ފޭދޫ ދެމިއޮތުމަށް 1784 މީހުން ވޯޓު ދިނެވެ.

ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،355 މީހުންނަށް ލިބުނެވެ. އޭގެ ތެރެއިން ވޯޓު ލުމަށް ނުކުތީ 56 ޕަސެންޓު މީހުންނެވެ.

މައުޟޫޢުތަށް