ހުޅުދޫ އާއި މީދޫއިން ނިންމީ އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް
އަދަދު
25 އޮކްޓޯބަރު 2025 | ހޮނިހިރު | 5:44
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ހުޅުދޫ އާއި މީދޫގައި ވަކިވަކި ރަށު ކައުންސިލް އުފެއްދުމަށް ފެންނަ ކަމަށް އެ ދެ ރަށުގެ ރައްޔިތުން މިއަދު ވޯޓު ދީފި އެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އެހީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އެވެ. ހުޅުދޫ އާއި މީދޫއިން ވެސް ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.
އީސީއިން އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 723 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ.