އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް، އެކަމަކު ވަކިވިޔަސް އަހުވަންތަކަމަށް ބަދަލެއް އަންނާކަށް ނުޖެހޭ: ނިޒާރު

އަދަދު

25 އޮކްޓޯބަރު 2025 | ހޮނިހިރު | 8:48

އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިޔުމަކީ ލިބުނު ހިތްދަތިކަމެއް ނަމަވެސް އެއީ މީދޫ އާއި ހުޅުދޫއާ ދެމެދު އޮތް އެކުވެރިކަމާއި އަހުވަންތަކަމަށް ބަދަލެއް އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިޔުމަކީ ދެކެން ބޭނުންވި ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މީދޫ އާއި ހުޅުދޫ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ފޭދޫ ރައްޔިތުންގެ ނިންމުމަކީ ހަރުދަނާ ދުރުވިސްނޭ ނިންމެއްގެ ގޮތުގައި ސިފަ ކުރައްވައި ނިޒާރު އެ އަވަށުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވި އެވެ.

"އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާއި އަޅުގަޑުމެންނާއި އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަހުވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫން. އަޅުގަނޑު އެދެނީ ކުރިއަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން. ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުން،" ނިޒާރު ވިދާޅުވި އެވެ.

މައުޟޫޢުތަށް