ރާއްޖެ އިޝްތިހާރުކުރަން ސްކައިލާ، ނަވާރޯ، އަދި ފަބްރީޒިއޯ ގެންނަން ވިޒިޓް މޯލްޑިވްސް އިން 800،000ރ. ހަރަދުކުރި

އަދަދު

26 އޮކްޓޯބަރު 2025 | އާދިއްތަ | 10:25

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރަން ވިސިޓް މޯލްޑިވްސް އިން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް ނަވާރޯ (ފްލައި)، ފުޓްބޯޅަ ޖާނަލިސްޓު ފަބްރީޒިއޯ ރޮމާނޯ، އަދި އެކްޓަރު ޓެޒް ސްކައިލާ ރާއްޖެ ގެނައުމަށް އެ ކުންފުނިން އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން އެނގެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ވާނީ ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރުންގެ ގޮތުގައި ތިބި މީހުންނާއި އެހެނިހެން ރޯލްތަކުގައި ރާއްޖެ ޕްރޮމޯޓްކުރަން ހަވާލުކޮށްފައި ތިބި މީހުން އަދި ކުންފުނިތަކުގެ ބައެއް ތަފުސީލު ހޯދާފަ އެވެ.

ވިޒިޓް މޯލްޑިވްސް އިން ދިން ތަފުސީލުތަކުގައި ބުނެފައިވަނީ މި ތިން މީހުންގެ އިތުރުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހުރީ ބޮލީވުޑުގެ ތަރި ކެޓްރީނާ ކައިފް ކަމަށެވެ. ކެޓްރީނާ އާއެކު އަގުކުރެވިގެން އެއްބަސްވުމެއް ހަދާފައި އޮތް ނަމަވެސް މި ތިން މީހުންނާއެކު ވިޒިޓް މޯލްޑިވްސް އިން ހަދާފައިވަނީ ބާޓާ ސިސްޓަމްގެ އެމްއޯޔޫ ތަކެއް ކަމަށް އެ ކުންފުނިން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް