އާސިއާން ސަމިޓުގައި ބައިވެރިވުމަށް ޓްރަމްޕް މެލޭޝިއާގައި
އަދަދު
26 އޮކްޓޯބަރު 2025 | އާދިއްތަ | 11:01
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މައްޗަށް އެކުލެވޭ އާސިއާން ސަމިޓުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މެލޭޝިއާއަށް ވަޑައިގެންފި އެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ޓްރަމްޕް ކުއަލަލަމްޕޫރަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމަނިކުފާނު އިރުމަތީ އޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މި ސަރަހައްދުގައި މެލޭޝިއާގެ ދައުރު އިތުރަށް ފުޅާވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މި ދަތުރުގައި ޓްރަމްޕް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާ ބައްދަލުކުރައްވާ ވިޔަފާރި އާއި, އިންވެސްޓްމަންޓާއި, ސަރަހައްދީ ސަލާމަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ނިންމާފަ އެވެ. އަދި މި ދަތުރުގައި ދެ ލީޑަރުން ވެސް ދެގައުމުގެ މެދުގައި ތަފާތު އެކި އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ބެލެވެ އެވެ.