އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް އިއްޔެ ނިންމި ހުޅުދޫ އަދި މީދޫގައި މިރޭ ހަވާ އަރުވަނީ
އަދަދު
26 އޮކްޓޯބަރު 2025 | އާދިއްތަ | 12:35
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކިވަކި ރަށު ކައުންސިލް އުފެއްދުމަށް ފެންނަ ކަމަށް އިއްޔެ ނިންމި ހުޅުދުމީދޫގައި މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ މިރޭ 21:00 ހާއިރު ހުޅުމީދޫގައި ހަވާއަރުވަނީ ފަސް މިނެޓަށް ކަމަށެވެ. މިއީ ޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަަށް ސިފްކޯއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ސިފައިން ބުނެފައިވެ އެވެ. ހަވާ އަރުވާ ސަރަހައްދެއް ނުބުނެ އެވެ.
އިއްޔެ އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އެހީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އެވެ. ހުޅުދޫ އާއި މީދޫއިން ވެސް ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.