ބަޔޯޑައިވާސިޓިއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މޫސުމީ ބަދަލާއި ބިން ހިއްކުން ކަމަށް ތިމާވެށީގެ އޮޑިޓަކުން ދައްކައިފި

އަދަދު

26 އޮކްޓޯބަރު 2025 | އާދިއްތަ | 3:18

ރާއްޖޭގެ ބަޔޯޑައިވާސިޓީ ނުވަތަ ހަޔަވީ ސިންދާފަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ބިން ހިއްކުމާއި ބަނދަރުގެ ހެދުމުގެ މަޝްރޫއުތައް ކަމަށް ރާއްޖޭގައި ހެދި ފުރަތަމަ ތިމާވެށީގެ އޮޑިޓުގައި ބުނެފި އެވެ.

ބ. އަތޮޅުގައިވާ ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ހިމާޔަތް ކުރުމުގެ ނިޒާމާ ގުޅޭ އޮޑިޓެއް ހަދައި އެ އޮޑިޓުގެ ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަާށް ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު އޭގެ ތެރެއިން 14 ސަރަހައްދެއް ނިސްބަތްވަނީ ބ. އަތޮޅަށެވެ.

"މިއަދު ރާއްޖޭގެ ހަޔަވީ ސިންދަފާތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި، ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ފަޅު ފުންކުރުމުގެ މަސައްކަތް ކުރުމާއި، ތޮށިގަނޑުލުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ލިބޭ ގެއްލުންތައް،" އޮޑިޓުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް