މާލޭގައި 12 ބުރީގެ ވަގުފު ބިލްޑިންއެއް އަޅަން އާރުސީސީއާ ހަވާލުކޮށްފި
އަދަދު
26 އޮކްޓޯބަރު 2025 | އާދިއްތަ | 5:04
މާލޭގައި 12 ބުރީގެ ވަގުފު ބިލްޑިންއެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަގުފު ބިލްޑިން އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެ ބިލްޑިންއަށް ކިޔާނީ ދާރުލް އަރްގަމް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ދާރުލް އަރްގަމް އިމާރާތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ބުރުޒު މަގުގެ ހެންވޭރުކޮޅުގަ އެވެ. 2000 އަކަފޫޓުގެ އެ ބިމުގައި ދާރުލް އަރްގަމް އިމާރާތް ކުރުމުގެ ޕްރޮޖެކްޓު އާރުސީސީއާ ހަވާލުކޮށްފައި ވަނީ 39.4 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓަށް ފަންޑު ކުރަނީ ބީއެމްއެލް އިސްލާމިކުންނެވެ.