ޖޭއެސްސީގެ ރައީސް އިސްތިއުފާ ދިނުމުން މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ޖަލްސާ ކެންސަލް

އަދަދު

26 އޮކްޓޯބަރު 2025 | އާދިއްތަ | 8:26

ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ ރައީސް ހުސެއިން ރިޒާ އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދިނުމުން، މެޖިސްޓްރޭޓުން ހުވާކުރުމަށްޓަކައި މިރޭ ބާއްވަން އޮތް ރަސްމިއްޔާތު ކެންސަލްކޮށްފި އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ އަދަދު އަށް ވިދާޅުވީ މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް