ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު މީހަކު އައްޔަނުކޮށްފި
އަދަދު
26 އޮކްޓޯބަރު 2025 | އާދިއްތަ | 10:28
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހަތަރު ބޭފުޅަކު މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
އެންއައިސީއަށް އެ ބޭފުޅުން އައްޔަނުކުރީ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން އައްޔަން ކުރަން ފާސްކޮށްފައިވާތީ އެވެ. އެ އެންމެންގެ ނަން ވެސް ހުށަހެޅީ މުއިއްޒު އެވެ.
އެންއައިސީގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރު ހަމަވީ މިއަދު އެވެ.