ހއ. އަތޮޅު ކައުންސިލް އެވޯޑު ހަފުލާ ޝަރަފުވެރި ކޮށްދެއްވުމަށް ޔާމީން ދިއްދޫއަށް

އަދަދު

26 އޮކްޓޯބަރު 2025 | އާދިއްތަ | 10:40

ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައިސް އަބްދުﷲ ޔާމީން މާދަމާ އެ އަތޮޅު ދިއްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް މުހައްމަދު މުއިއްޒުއަށް ވެސް ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއް ނުވެ އެވެ.

މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި އަޅަން ވައުދުވި އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު ހުޅުވުމަށް ކަމަށެވެ.

މައުޟޫޢުތަށް